Last Updated: June 15, 03:58
Monday, June 15, 2026
ޚަބަރު

"ހާކިމާއަކީ ނިއުމަތެއް" ހުޠުބާ ކިޔަން މާމެންދޫ އިމާމު ދެކޮޅު ހަދައިފި

މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ކިއުމަށް އިސްލާމިކް މިނިސްޓްރީން ފޮނުވި "ހާކިމާްއަކީ ނިއުމަތެއް" ހުޠުބާ އަކީ ސިޔާސީ ހުޠުބާއެއް ކަމަށް ބުނެ ލ. މާމެންދޫ މިސްކިތުގެ އިމާމު ދެކޮޅު ހަދައިފިއެވެ.

އިމާމު ހުޠުބާ ކިޔަން ދެކޮޅު ހަދާފައިވަނީ އެ ހުޠުބާ ވަރަށް ބޮޑަށް ސިޔާސީ ވެފައިވާމަށް ބުނެއެވެ. އިމާމު ހުޠުބާ ކިއުމަށް ދެކޮޅު ހެދުމާއި ގުޅިގެން ލ. ގަމުން އިމާމަކު ގެނެސް މާމެންދޫގައި ވަނީ ހުކުރު ކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކިއުމަށް ތައްޔާރު ކުރި ހުޠުބާއަށް ދީނީ އިލްމުވެރިންވެސް ގެންދަވަނީ ވަރަށް ބޮޑަށް ނުރުހި ފާޑު ކިޔާފައެވެ.

ހުޠުބާއަށް އެންމެ ބޮޑަށް ދީނީ އިލްމުވެރިން ފާޑު ކިޔާފައިވަނީ ދޮގު ހަދީސް ތައް ހިމަނާފައިވާތީއެވެ، އަދި އެހަދީސް ފަހުން ވަނީ ހުޠުބާއިން އުނިކޮށްފައެވެ.