Last Updated: March 28, 21:55
Thursday, March 28, 2024
ކުޅިވަރު

ޔޫރޮޕާ ލީގުގައި އާސެނަލްއަށް ފަސޭހަ މޮޅެއް

މޮންރެއަލް ލަނޑަށް ފަހު އުފާ ފާޅުކުރަނީ: ފޮޓޯ- ގެޓީ

ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ އިނގިރޭސި ވިލާތުގެ އާސެނަލް ކުޅުނު މެޗުން ފަސޭހަކަމާއެކު 0-3 އިން އޮސްޓާސަންޑްސްގެ މައްޗަށް ކުރި ހޯދައިފިއެވެ.

ޔޫރޮޕާ ލީގުގައި އޮތް ހަމައެކަނި ޓީމުގެ ގޮތުގައި އާސެނަލް ކުޅެމުން އަންނައިރު ރޭގެ މެޗު ސްވިޑެންގައި ވެންގާގެ ޓީމު ކުޅެން ޖެހުނީ މައި ދެ ފޯވާޑުންނާވެސް ނުލައެވެ. ޖެނުއަރީ މަހު ކުލަބާ އަލަށް ގުޅުނު އޯބާމަޔަންގްއަށް ސީޒަނުގެ ކުރީކޮޅު ޔޫރަޕުގައި ކުޅެފައިވާތީ ނުކުޅެވެއެވެ. އަދި ލަކަޒެޓް އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުންނަން ޖެހުމުން ފޯވާޑުންގެ ދަތިކަން ވަނީ އާސެނަލްއަށް ކުރިމަތިވެފައެވެ.

ރޭގެ މެޗުގައި އާސެނަލްގެ ލަނޑުތައް ކާމިޔާބުކޮށްފައިވަނީ ނަޗޯ މޮންރެއާލްގެ އިތުރުން އޮޒިލްއެވެ. ފުރަތަމަ ގޯލު މޮންރެއާލް ކާމިޔާބުކޮށްފައި ވަނިކޮށް ދެވަނަ ގޯލު ވަނީ އޮސްޓަސައުންޑްގެ ޕަޕިގިއޮނޮޕޮލޮސް އަތުން ބައިކޮޅަށެވެ. ފަހު ލަނޑު އޮޒިލް ޖަހާފައިވަނީ 58 ވަނަ މިނެޓުގައެވެ.

ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު އޭސީ މިލާނާއި އެތްލެޓިކޯ މެޑްރިޑް ވަނީ މެޗުތައް ކާމިޔާބުކޮށްފައެވެ. ނަމަވެސް ނަޕޯލީ ވަނީ އަމިއްލަ ދަނޑުގައި ލެޕިޒް އަތުން ބަލިވެފައެވެ.