Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

އެމްޑީޕީގެ ނައިބު ރައީސް ޝިފާޒް ހައްޔަރުކޮށްފި

ޝިފާޒް ހައްޔަރުކޮށްގެން ގެންދަނީ: ފޮޓޯ - ޓްވިޓާ

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން މިއަދު މާލޭގައި ބާއްވަމުން އަންނަ "ވާމް އަޕް" މުޒާހަރާ ތެރެއިން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝިފާޒްގެ އިތުރުން އެމްޑީޕީގެ ގުރާއިދޫ ދާއިރާގެ ރައީސް ހުސެއިން އަމްރުވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެމްޑީޕީ ހަރުގެ ކައިރިން ދެ މީހުންވެސް ހައްޔަރުކޮށްފައިވާ ކަމަށް އެމްޑީޕީން މައުލޫމާތު ދޭއިރު ގިނަ ބަޔަކު ވަނީ މުޒާހަރާގައި ބައިވެރިވުމަށް އެއްވެފައެވެ.

ސަލާމަތީ ބާރުތަކުން މުޒާހަރާގެ ކުރިން އެންގި ގޮތަށް ވަނީ މިހާރު ޝީލްޑު ޖަހައި މަގު ބަންދުކޮށްފައެވެ. ސިފައިންނާއި ފުލުހުން ވަނީ މުޒާހަރާ ސުލްހަވެރިވާނެ ކަމަށް ނުބެލެވޭ ކަމަށް ބުނެ ހުއްޓުވާނެ ކަމަށް އިއްޔެ އަންގާފައެވެ.