Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

އައްޑޫ ވެހިކަލް ބުރަށް ފުލުހުން ހުރަސް އަޅައިފި

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އައްޑޫގައި އިއްޔެ ބޭއްވި ވެހިކަލް ބުރަށް ފުލުހުން ހުރަސް އެޅުން.

އިދިކޮޅު ފަރާތްތަކުން މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވަމުން އަންނަ "ވާމް އަޕް" އިހުތިޖާޖުތަކުގެ ތެރެއިން އައްޑޫ ސިޓީގައި ކުރިއަށްދާ ވެހިކަލް ބުރަށް ފުލުހުން ހުރަސް އަޅަމުންދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ވެހިކަލް ބުރުގެ ބައިވެރިން އައްޑޫގެ ގުޅިފައިވާ ހުރިހާ ރަށެއްގައި ހަރަކާތްތެރިވަމުން އަންނައިރު ހިތަދޫ ބޮޑު މަގުން، ޝީޝާ ކައިރީ ފުލުހުން ވަނީ ޝީލްޑު ޖަހައި މަގު ބަންދުކޮށްފައެވެ.

އަދި މަރަދޫ އަރާ ހިސާބުގައި ވެސް ފުލުހުން ހަރަކާތްތެރި ވަމުން އަންނައިރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ "އައްޑޫލައިވް" ގެ ނޫސްވެރިޔާ މައުލޫމާތުދޭ ގޮތުގައި ފުލުހުން ވަނީ ވެހިކަލް ބުރު ކުރިއަށް ނުގެންދެވޭނެ ކަމަށް އަންގާފައެވެ.

މީގެ އިތުރުން ފޭދޫގައި އެމްޑީޕީ ސަޕޯޓަރުން ވެހިކަލް ބުރަށް ތައްޔާރު ވަމުން ދަނިކޮށް، ބުރު ނުފެށެނީސް ފުލުހުންގެ ފައުޖެއް ވަނީ އެ ސަރަހައްދަށް ގޮސްފައެވެ.