Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

އިޔާޒްގެ ރައްދު: އަނިޔާވެރި ވެރިންނަކީ ނިއުމަތެއް ނޫން!

އަނިޔާވެރި ވެރިންނަކީ ނިއުމަތެއް ނޫން ކަމަށާއި އެންމެ މަތިވެރި ޖިހާދަކީ އަނިޔާވެރި ހާކިމެއްގެ ކުރިމަތީގައި ހައްގު ބަސް ބުނުން ކަމަށް ހަދީޘުން ސާބިތުވާ ކަމަށް ބުނެ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް މިއަދުގެ ހުކުރު ހުތުބާއަށް ރައްދު ދެއްވައިފިއެވެ.

ޑރ. އިޔާޒްގެ ފޭސްބުކް ޕޭޖުގައި މިއަދު ލިޔުއްވި ސްޓޭޓަސްއެއްގައި ވިދާޅުވެފައިވަނީ އަނިޔާވެރި ވެރިންނަކީ ނިއުމަތެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ އަމަލުތައް ގޯސްވުމުން ފާކުރައްވާ ވަބާއެއް ކަމަށެވެ.

އަދި އެފަދަ ކަމެއް މެދުވެރި ވެއްޖެނަމަ އަޅުތަކުންގެ އަމަލުތައް އިސްލާހު ކުރުމަށާއި އެކަމާ މެދު ބަސް ބުނަން ޖެހޭ ކަމަށް ޑރ. އިޔާޒް ލިޔުއްވާފައިވެއެވެ. އަދި އެފަދަ އަނިޔާވެރިކަމަކުން ސަލާމަތް ކޮށްދެއްވުމަށް އެދި ގިނަގިނައިން ދުވާ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވެފައިެވއެވެ.

ޑރ. އިޔާޒްގެ އިތުރުންވެސް ގިނަ ދީނީ އިލްމުވެރިންނެއް އަންނަނީ މިއަދުގެ ހުކުރު ޚުތުބާ، "ހާކިމާ އަކީ ނިއުމަތެއް" އަކީ ސިޔާސީ ގޮތުން މަންފާއެއް ހޯދުމުގެ ނިޔަތުގައި ފޮނުވި ޚުތުބާއެއް ކަމަށް ބުނެ ފާޑު ކިޔާފައެވެ. ޚުތުބާގައި ވެރިންނަށް ކިޔަމަން ވުމަށާއި ވެރިންނަށް ލޯބިވުމަށް ގޮވާލާފައިވެއެވެ.

ޚުތުބާ ސިޔާސީ ކުރުމާއި ދީން ހަތިޔާރަކަށް މިސަރުކާރުން ހަދާ ކަމަށް ބުނެ އެކަން ކުށްވެރިކޮށް، އިދިކޮޅު ފަރާތްތަކުން ވަނީ ބަޔާނެއްވެސް ނެރެފައެވެ.