ސުޕުރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށާއި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ދެންވެސް ތިބި ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލައި ކުރިއަށް ގެންދާ މުޒާހަރާތެރެއިން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހުމަދު މަހްލޫފު އާއި މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ފުލުހުން ހައްޔަރުކޮށްފިއެވެ.
އާޓިފިޝަލް ބީޗް ސަރަހައްދަށް މިއަދު ހަވީރު އެއްވި މީހުން ފަހަތަށް ޖެއްސުމަށް ފުލުހުން ކަރުނަ ގޭސް ބޭނުން ކޮށްފައި ވަނިކޮށް މިހާރު މުޒާހަރާގެ ބައިވެރިން ވަނީ މާލޭގެ އެކި މަގުތަކުން ގޮސް މަޖީދީ މަގާއި ޗާނދަނީ މަގު ގުޅޭ ކަންމައްޗަށް ޖަމާވާން ފަށާފައެވެ.
ތަފްސީލް އަންނަނީ..