Last Updated: June 15, 03:58
Monday, June 15, 2026
ޚަބަރު

ބާރުގެ ބޭނުންކޮށް ރާއްޖެޓީވީ ހުސެއިން އާއި ވީޓީވީގެ ލީވާން ހައްޔަރުކޮށްފި

ރާއްޖެޓީވީގެ ހަސަން ހުސެއިން، ފޮޓޯ: ސޯޝަލް މީޑިއާ

ބާރުގެ ބޭނުންކޮށް ރާއްޖެޓީވީ ހުސެއިން އާއި ވީޓީވީގެ ލީވާން ހައްޔަރުކޮށްފިއެވެ.

ހުސެއިން އާއި ލީވާން ހައްޔަރުކޮށްފައިވަނީ ގޯޅިއަކަށް ނޫސްވެރިން ވެއްދުމަށްފަހު ޕެޕަރ ސްޕްރޭ ޖެހުމަށްފަހުއެވެ.

ހުސެއިން ހައްުޔަރު ކުރުމުގެ ކުރިން ލައިވް ކޮށް ރާއްޖެ ޓީވީން ގެނެސްދިން މަންޒަރުތަކުގައި ފަހަތުން އެސްއޯ ފުލުހުން ލައިވް ފީޑް ކަނޑާލުމަށް އަންގަމުން ދިޔަކަމަށް ހުސެއިން ދިޔައީ ބުނަމުންނެވެ.

ނޫސްވެރިންގެ ތެރެއަށް ޕެޕަރ ސްޕްރޭ ޖެހި އިރު ބައެއް ނޫސްވެރިން ބިންމައްޗަށް ވެއްޓި އަނިޔާކުރިކަމަށް އެ ނޫސްވެރިން ދަނީ ބުނަމުންނެވެ.

މުޒާހަރާ ކަވަރު ކުރަމުން ދާ ނޫސްވެރިން ބުނާ ގޮތުން މިރޭ އެސްއޯ ފުލުހުން އަމާޒު ހިފާފައިވަނީ މަންޒަރު ގެނެސްދޭ ނޫސްވެރިން ދުރަށް ޖެއްސުމަށެވެ.

ލީވާން އާއި ހުސެއިން ފުލުހުންގެ ބެލުމުގެ ދަށައް ގެންދިޔަ ކަން އަދި މިހާތަނަށް ފުލުހުން ޔަގީންކޮށް ނުދެއެވެ. ނަމަވެސް ރާއްޖެޓީވީގެ ވީޑިއޯ ޖާނަލިސްޓް ޒަރީރު ބުނީ ލީވާން އާއި ހުސެއިން ފުލުހުން ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ތަފްސީލް އަންނަނަނީ….