މާލޭގައި ރޭ ވެސް ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލައިފިއެވެ.
ރޭ ޒުވާނަކު ޒަހަމްކޮށްލާފައިވަނީ މީގެ އެއްދުވަސް ކުރިން މާލޭގައި އިތުރު ޒުވާނަކު ޒަހަމްކޮށްލާފައި ވަނިކޮށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ހަމަލާ ދީފައިވަނީ އިސްލާމިކް ބޭންކު ހުންނަ ކުރަނގި ގޯޅިގަޑު ތެރޭގައެވެ. ރޭގެ ހާދިސާގައި ޒަހަމްވި ޒުވާނާއަށް އޭޑީކޭގައި ފަރުވާ ދެމުން އަންނަ އިރު އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބެއެވެ.
މާލޭގައި ސިލްސިލާ ގޮތެއްގައި އަނެއްކާވެސް ތޫނު އެއްޗެހި ބޭނުން ކޮށްގެން މާރާމާރީ ހިންގަން ފަށާފައިވާ އިރު ފުލުހުން ސީރިއަސްކޮށް މަސައްކަތް ކުރަމުން ދަނީ މާލޭގައި އިދިކޮޅު ފަރާތްތަކުން ބާއްވާ މުޒާހަރާ ރޫޅާލައި މީހުން ހައްޔަރު ކުރުމަށެވެ.
ރޭގެ މާރާމާރީ އާޢި ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރު ކުރި ކަމެއް ނުވަތަ ނޫން ކަމެއްވެސް ފުލުހުން ބުނެފައި ނުވެއެވެ.