Last Updated: June 15, 03:58
Monday, June 15, 2026
ޚަބަރު

މަހްލޫފު އާއި މުހުއްމާ ދޫކޮށްލައިފި

ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާތެރެއިން ހައްޔަރު ކުރި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހުއްމާ) ދޫކޮށްލައިފިއެވެ.

މުހުއްމާ އާއި މަހްލޫފު ދޫކޮށްލާފައިވަނީ މިއަދުގެ ދެ ގަޑިއެއްގައި ފުލުސް އިދާރާއަށް ހާޒިރުވުމަށް ޗިޓު ހަވާލު ކުރުމަށްފަހުއެވެ.

ފުލުހުން ދޫކޮށްލުމާއި އެކު މަހްލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތިން އިރުކާ ބޭހެއްހެން ފުލުސް އޮފީހަށް ހާޒިރުކޮށް އަދި ހައްޔަރުކޮށް ވެސް ބަންދުކޮށްފައި ނުބޭތިއްބޭކަމީ މާތްﷲ ގެ އިރާދަފުޅާއެކު ކާމިޔާބުވުމުގެ އަލާމަތް ކަމަށެވެ. މަހްލޫފް ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ މާދަމާ ހަވީރު ފަހެއް ޖަހާއިރު އާއި ރޭގަނޑު އަށެއް ޖަހާއިރުއެވެ.

މަހްލޫފު އިއްޔެވެސް ދެ ފަހަރަށް ފުލުސް އިދާރާއަށް ހާޒުރު ކުރިއެވެ. އެއީ 2017 ވަނަ އަހަރު ޑިސެމްބަރ މަހު މަހްލޫފު ކުރެއްވި ޓްވީޓަކާއި ގުޅިގެން ބަޔާން ނެގުމަށެވެ.