Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އދ. އިން ރާއްޖޭގެ ސިޔާސީ މަސްރަހަށް!

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އައްޑޫގެ 3 އަވަށެއްގައި ހުކުރު ދުވަހު ރައްޔިތުން ނިކުމެ އަޑުއުފުލަނީ. ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި ވެހިކަލް ބުރަށް ފުލުހުން ވަނީ ހުރަސް އަޅާފައި.

އިދިކޮޅު ފަރާތްތަކުގެ ހުށައެޅުން ގަބޫލުކޮށް، އދ. އިން ރާއްޖޭގެ ސިޔާސީ މަޝްހަރު ފިނިކުރުމަށް ލީޑަރުންނާ މަޝްވަރާ ކުރަން ނިންމައިފިއެވެ.

ސަރުކާރުން މަޝްވަރާއަށް ގޮވާލުމުން އިދިކޮޅުން ބުނެފައިވަނީ މަޝްވަރާއަށް އަންނާނީ އދ. އިން މެދުވެރިއެއްގެ ރޯލު އަދާ ކުރުމަށް އެއްބަސްވުމުން ކަމަށެވެ. އަދި އދ. ސިޓީއެއްވެސް ހުށައަޅާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.

ނަމަވެސް ސަރުކާރުން ވަނީ އިދިކޮޅު ފަރާތްތަކުގެ ޝަރުތުތަކަށް ފާޑުކިޔައި، ބަލައިނުގަންނާނެ ކަމަށް ވަގުތުން ބުނެފައެވެ. ސަރުކާރު ތަމްސީލު ކުރައްވާ ބޭފުޅުން ވިދާޅުވީ މިރާއްޖޭގެ މަސްލަހަތަށް ބޭރުގެ ބަޔަކު ގެންނަން އެއްބަސް ނުވާނެ ކަމަށެވެ.

އދ. އިން ވަނީ އިދިކޮޅު ފަރާތްތަކުގެ ހުށައެޅުން ގަބޫލުކޮށްފައިވާކަން މިހާރު އިއުލާން ކޮށްފައެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ ތަރުޖަމާނު ސްޓެފަން ޑުޖެރިކް ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ލީޑަރުންނާއެކު މަޝްވަރާ ކުރަން ފަށާނެ ކަމަށެވެ.

އަދި ރާއްޖޭގެ ސިޔާސީ މަޝްރަހު ހަމައަކަށް އެޅުވުމަށް އދ. އަށް ވެވެން އޮތް އެހީއެއް ފޯރުކޮށްދޭނެ ކަމަށް އޭނާ ބުނެފައިވެއެވެ.