Last Updated: June 15, 03:58
Monday, June 15, 2026
ޚަބަރު

ބެންގަލޫރުގައި ދިރިއުޅެމުންދާ އާއިލާތަކާއި ކުރީގެ ރައީސް ނަޝީދު ބައްދަލު ކުރައްވައިފި

ބެންގަލޫރުގައި ދިރިއުޅެމުންދާ ދިވެހި އާއިލާތަކާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައްދަލު ކުރައްވައިފިއެވެ.

ނަޝީދު ދިވެހި އާއިލާތަކާއި ބައްދަލު ކުރައްވާފައިމިވަނީ މިހާރު ބެންގަލޫރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ނަޝީދު ދިވެހި އާއިލާތަކާއި ބައްދަލު ކުރެއްވި އިރު އެގައުމުގައި ދިރިއުޅެމުންދާ ދިވެހި އާއިލާތަކަށް ޑިޕެންޑެންޓް ވިސާ އިންޑިއާ ސަރުކާރުން ނުދޭ މައްސަލަ ވަނީ ކުރިމަތިވެފައެވެ. އަދި މިކަމަކީ ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅުން ހުރިކަމެއް ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.

ސުޕުރީމް ކޯޓުގެ އަމުރު ތަންފީޒު ނުކޮށް އުއްތަމަ ފަނޑިޔާރާއި ސުޕުރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އާއި ކުރީގެ ރައީސް މައުމޫން ހައްޔަރު ކުރުމާއި ގުޅިގެން އިންޑިއާގެ އެހީތެރިކަމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ. އަދި މިހާރު ބެންގަލޫރަށް ކުރައްވާ ދަތުރުފުޅަކީވެސް ރާއްޖޭގެ ސިޔާސީ މަސްރަހްގައި ހިނގަމުންދާ ކަންކަމާއި މަޝްވަރާ ކުރެއްވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.