Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

ޒައިނަބްގެ މަރަށް މަރު ހިފަން ހުކުމްކޮށްފި

ޕާކިސްތާނުގައި ހަތް އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރުމަށްފަހު މަރާލި މައްސަލާގައި ހައްޔަރުކުރި އިމްރާން އަލީގެ މައްޗަށް މަރަށް މަރު ހިފަން ހުކުމްކޮށްފިއެވެ.

ހަތް އަހަރުގެ ޒައިނަބް މަރާލާފައި އޮތްވާ ފެނިފައިވަނީ ލާހޫރުގެ ކުނި ފުންޏެއްގެ މަތިންނެވެ. ޒައިނަބްގެ އިތުރުންވެސް ކުޑަ އަންހެން ކުދިންތަކެއް ރޭޕް ކުރުމަށްފަހު މަރާލާފައިވާ ކަމުގެ ތުހުމަތު އިމްރާން އަލީގެ މައްޗަށް ވަނީ އުފުލާފައެވެ.

އޭނާއާ ދެކޮޅަށް ކޯޓުގައި ވަނީ އެތައް ބަޔަކު ހެކިބަސް ދީފައެވެ. އަދި ފުލުހުންގެ ތަހުގީގުން ހޯދި ޑީއެންއޭ ހެއްކާއި ޕޮލީގްރާފެއްވެސް ވަނީ ޝަރީއަތުގައި ހުށައަޅާފައެވެ.

ހުކުމް އިއްވަމުން ފަނޑިޔާރު ވަނީ ހަތަރު މަރުގެ ހުކުމް އިމްރާން އަލީގެ މައްޗަށް އިއްވާފައެވެ. އަދި 3.2 މިލިއަން ރުޕީ (29،000 ޑޮލަރު) ގެ ޖޫރިމަނާއެއްވެސް ވަނީ ކޮށްފައެވެ.