Last Updated: April 27, 09:13
Saturday, April 27, 2024
ޚަބަރު

ފުލުހުންގެ ނޫސްބަޔާނުގައި ރާއްޖޭގައި ނެތް ޤާނޫނެއްގެ ވާހަކަ!

އިދިކޮޅު ފަރާތްތަކުން އައްޑޫގައި ބޭއްވި ވެހިކަލް ބުރު، ފުލުހުން ވަނީ މި ވެހިކަލް ބުރު ހިތަދޫ ބޮޑުމަގުން ހުއްޓުވާފައި، ފޮޓޯ: އިބްރާހިމް އަބްދުﷲ

ފުލުހުންގެ މުއައްސަސާއިން މިއަދު އިނގިރޭސި ބަހުން ނެރުނު ނޫސްބަޔާނުގައި ރާއްޖޭގައި ނެތް ޤާނޫނެއްގެ ވާހަކަ ލިޔެފައިވާ މައްސަލަ ފެންމަތިވެއްޖެއެވެ.

އިނގިރޭސި ބަހުން ފުލުހުން ނެރުނު ނޫސް ބަޔާނުގައި "ފްރީޑަމް އޮފް އެސޯސިއޭޝަން" ޤާނޫނެއްގެ ވާހަކަ ވަނީ ލިޔެފައެވެ. އެ ބަޔާނުގައި ބުނެފައިވާގޮތުގައި މާލޭގައި ކުރަމުން ގެންދާ މުޒާހަރާތައް ސުލްހަވެރި ނޫން ކަމަށާއި "ފްރީޑަމް އޮފް އެސޯސިއޭޝަން ޤާނޫނާއި" ޚިލާފަށް އަމަލުކުރުމުގެ ފުރުސަތު ފުލުހުން ނުދޭނެއެވެ.

ރާއްޖޭގައި އެފަދަ ޤާނޫނަކަށް އަމަލުކުރަމުން ނުދާއިރު ބެލެވޭ ގޮތުގައި ފުލުހުންގެ ނޫސް ބަޔާނުގައި ގެންނަން އުޅެފައި ވަނީ "ފްރީޑަމް އޮފް އެސެމްބްލީ"، އެއްވެ އުޅުމުގެ މިނިވަން ކަމުގެ ޤާނޫނުގެ ވާހަކައެވެ.

ފުލުހުންގެ ނޫސް ބަޔާނުގައި ރާއްޖޭގައި ނެތް ޤާނޫނެއްގެ ވާހަކަ ލިޔެފައިވާތީ އެކަމާއި ބެހޭގޮތުން ފުލުހުންގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ނުވެފައެވެ.