Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

މަހުލޫފު އަނެއްކާވެސް ފުލުހަށް ހާޒިރުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް އަނެއްކާވެސް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފިއެވެ.

އިއްޔެއާއި އޭގެ ކުރީ ދުވަހުވެސް ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފައިވާ މަހްލޫފް މިފަހަރު ހާޒިރުވުމަށް އެންގީ މާފުށީ ޖަލު ކުރިމަތީ މުޒާހަރާ ކުރުމުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ.

މިމަހުގެ 3 ވަނަ ދުވަހު އިތުރު ބަޔަކާ އެކު މާފުށީ ޖަލުގެ މައި ގޭޓު ކުރިމަތީ މުޒާހަރާކޮށް، ގޭޓު ތަޅުވާ އެތެރެއަށް ވަންނަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ.

މަހޭ ވަނީ އިއްޔެވެސް ދެ ފަހަރެއްގެ މަތިން ފުލުހަށް ހާޒިރުކޮށް، ބަޔާން ނަގާފައެވެ. އަދި އޭގެ ކުރީ ދުވަހުވެސް ފުލުހަށް ހާޒިރުކޮށް ބަޔާން ނެގުމަށް ފަހު އޭނާ ވަނީ ދޫކޮށްލާފައެވެ. އެ ތިން ފަހަރުވެސް މަހްލޫފް ހާޒިރުކުރީ އެކި ދުވަސް މަތިން އޭނާ ކުރި ޓުވީޓުތަކަކާ ގުޅިގެންނެވެ.