Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

އޮމަދޫ ކައުންސިލް އިދާރާއިން ވައްކަންކޮށްފި

އދ. އޮމަދޫ ކައުންސިލް އިދާރާ ފަޅާލައި ބަޔަކު ވައްކަން ކޮށްފިއެވެ. ކައުންސިލްގެ ނައިބު ރައީސް، އަލީ ފިކުރީ އާ ހަވާލާދީ "ސަން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކައުންސިލް އިދާރާއަށް ބަޔަކު ވަންކަން ފާހަގަވީ އިއްޔެއެވެ.

ބުރާސްފަތި ދުވަހު ބަންދުކުރުމަށްފަހު ހުކުރު އަދި ހޮނިހިރު ދުވަސް ބަންދު ވުމާއެކު ކައުންސިލަށް ބަޔަކު ވަން ކަމެއް މުވައްޒިފުންނަކަށް ނޭނގެއެވެ. ނަމަވެސް އިއްޔެ ކުއްޖަކު ދިއުމުން ވަދެފައި ހުރިކަން ފާހަގަވެގެން ބެލިއިރު ކުޑަދޮރު ހަލާކުކޮށްލާފައިވާ ކަމަށް ފިކުރީ ބުނެފައިވެއެވެ.

ފިކުރީ ބުނެފައިވަނީ ކައުންސިލް އިދާރާއިން ގެންގޮސްފައިވަނީ ކޯއްޗެއް ކަމެއް އަދި ބުނަން ދަތި ކަމަށެވެ. ނަމަވެސް އިދާރާގެ ތިޖޫރީ ހުރި ކޮޓަރިއަށް ނުވަދެވޭ ކަމަށް އޭނާ ބުނެފައިވެއެވެ. އެ ކޮޓަރިއަކީ ތަންކޮޅެއް ސެކިއުރިޓީ ވަރުގަދަ ކޮޓަރިއެއް ކަމަށް އޭނާ ބުންޏެވެ.

މިމައްސަލަ މިހާރު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މައްސަލާގައި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.