Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

ޒުވާނުންނަށް ޚާއްސަ ލޯނު ސްކީމެއް ތައާރަފް ކުރަނީ

ޒުވާނުންނަށް އަމާޒުކޮށްގެން އިތުރު ލޯނު ސްކީމެއް ތައާރަފް ކުރަން ސަރުކާރުން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ މިއަހަރު ތެރޭ އާ ލޯން ސްކީމް ތައާރަފްކޮށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

މިއަހަރު ތައާރަފް ކުރުމަށް ހަމަޖެހިފައިވާ ލޯނުތަކުގެ ތެރޭގައި އެސްއެމްއީ ލޯނާއި ގެޓްސެޓް ވެސް ހިމެނޭ ކަމަށް މިނިސްޓްރީގެ ފަރާތުން ޕަބްލިކް ސާވިސް މީޑިޔާ(ޕީއެސްއެމް) އަށް ދެއްވި އިންޓަވިއުއެއްގައި ހާމަކޮށްފައިވެއެވެ.

ފިނޭންސުން ބުނެފައިވަނީ ޒުވާނުން ވިޔަފާރިއަށް ތައާރަފް ކުރުމަށް ސަރުކާރުން ތައާރަފް ކުރާ މިފަދަ ލޯނުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.