Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

ހިތަދޫގެ ދެ ގެއެއްގައި ރޯކުރި މައްސަލާގައި ހަމީހަކު ހައްޔަރު

މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުގެ ރޭ ހިތަދޫ ދެގެއެއްގައި ރޯކޮށް އަންދާލި މައްސަލައާ ގުޅިގެން ހަ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ވައިޓްވިލާ އަދި ދޮންލަފަރުގޭގައި ރޯކޮށްލާފައިވަނީ ބަޔަކު ގަސްދުގައި ކަމަށް ބެލެވޭ ކަމަށް ފުލުހުން ވަނީ މީގެ ކުރިންވެސް ބުނެފައެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރި ހަ މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ ދެ ކުޑަކުދިން ވެސް ހިމެނެއެވެ.

އެ ދެ ކުދިންގެ ބަންދާއި މެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ގެންދިއުމުން ވަނީ 7 ދުވަސް ޖަހާފައެވެ. އަދި ބާކީ ތިބި ހަތަރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ 15 ދުވަހަށް އިތުރުކޮށްފައެވެ.

ރޯކޮށްލާފައިވަނީ ވައިޓްވިލާ ގޭގެ ފެންޑާއެއްގައެވެ. އަދި ދޮންލަފަރުގޭގެ ދެ ކޮޓަރިއަކަށް މިއަލިފާނުގެ ހާދިސާގައި ގެއްލުން ވެފައިވެއެވެ. އޭގެ ތެރެއިން އެއް ކޮޓަރި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. އަދި އަނެއް ކޮޓަރިއަށް އަލިފާނުގެ އަސަރުކޮށް، ބައެއް ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުން ވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެނގިފައިވާ ގޮތުގައި މިއީ ހިތަދޫގެ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ސަބަބުން ހިނގާދިޔަ ހާދިސާއެކެވެ.