ރައްޔިތުންގެ މަޖިލީސް ހުއްޓިފައިވަނިކޮށް މާދަމާ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ތާވަލް ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބައެއް މެމްބަރުންނަށް މާދަމާގެ ޖަލްސާ އޮންނަ ކަން އަންގާފައިވާ އިރު އެ ޖަލްސާ އަކީ ދައުރުން ބޭރުން ބާއްވާ ޖަލްސާއެއް ކަމަށެވެ. ނަމަވެސް ޖަލްސާގެ އެއްވެސް ތަފްސީލެއް އަދި ހާމަ ނުކުރެއެވެ. މަޖްލިސް އިދާރާއިން ބުނެފައިވަނީ މާދަމާގެ ޖަލްސާގެ އެޖެންޑާ އެއިދާރާގެ ވެބްސައިޓަށް އަޕްލޯޑްކޮށް މެމްބަރުންނަށް އަންގާނެ ކަމަށެވެ.
މަޖްލިސްގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ތާވަލް ކުރީ މިމަހުގެ 5 ވަނަ ދުވަހަށެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ ޖަލްސާ ކެންސަލްކޮށްފައެވެ.
މަޖްލިސްގެ ޖަލްސާއެއް މާދަމާއަށް ތާވަލް ކޮށްފައިވާ އިރު މަޖްލިސްގެ 12 މެމްބަރެއްގެ ގޮޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކަމިޝަނުން ނިންމި ނިންމުން ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ނެރުނު ސުޕުރީމް ކޯޓުގެ އަމުރުން ވަނީ ބާޠިލް ކޮށްފައެވެ.
އެއާއި އެކު 12 މެމްބަރުންގެ ގޮޑި ނުގެއްލޭކަމަށް ކުރީގެ މަޖްލިސް އަމީން އާއްމު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ ހުކުމުގެ ބައެއް ސުޕުރީމް ކޯޓުގެ ތިން ފަނޑިޔާރުން ބާޠިލް ކޮށްފައިވާ އިރު މަޖްލިސް މެމްބަރުންގެ ގޮޑީގެ މައްސަލާގައި ވެރިކަން ކުރާ ޕީޕީއެމް އިން އަދިވެސް ދަނީ ސުވާލު އުފައްދަމުންނެވެ.
މަޖްލިސްގެ މެޖޯރިޓީ އިދިކޮޅަށް ލިބުނު ނަމަވެސް މިވަގުތުވެސް މަޖިލީހުގެ ހަތަރު މެމްބަރަކު ތިއްބެވީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ޖުމްހުރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހުންނެވީ ޖަލު ހުކުމާއި އެކު ރާއްޖޭން ބޭރުގައެވެ.
ތަފްސީލް އަންނަނީ…