Last Updated: April 26, 17:13
Friday, April 26, 2024
ޚަބަރު

ޔޭޔޭ ކޮފީ ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ލެޕްޓޮޕް ހަވާލުކޮށްފި

ބީއެޗްއެމް ޓްރޭޑާސް އިން ރާއްޖެ އެތެރެކުރާ ޔޭޔޭ ކޮފީގެ "ސިޕް އެންޑް ވިން" ޕްރޮމޯޝަންގެ ދަށުން ޖެނުއަރީ މަހު ހޮވި 15ނަސީބުވެރިންނަށް ލެޕްޓޮޕްތައް ހަވާލުކޮށްފި އެވެ.

އަގުބޮޑު ޕްރޮމޯޝަންގެ އެންމެ ފަހު ބުރުގެ ގުރުއަތުން ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްފައިވަނީ ބީއެޗްއެމް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މިޕްރޮމޯޝަންގެ ދަށުން ސެޕްޓެމްބަރު މަހުން ފެށިގެން ޖެނުއަރީގެ ނިޔަލަށް ކޮންމެ މަހަކު 15 ނަސީބުވެރިންނަށް ވަނީ ލެޕްޓޮޕް ހަވާލުކޮށްފައެވެ. އެގޮތުން ޖުމްލަ 75 ލެޕްޓޮޕް ދޫކޮށްފައިވާ ކަމަށް ބީއެޗްއެމްއިން މައުލޫމާތުދެއެވެ. މީގެ އިތުރުން ކޮންމެ ދުވަހަކު ވެސް 50 ބޯނަސް އިނާމް ދޫކޮފައިވެއެވެ.

އަދި މިޕްރޮމޯޝަންގެ ބޮޑު އިނާމެއްގެ ގޮތުގައި ޑެލް އިންސްޕިރޮން ގޭމިން ލެޕްޓޮޕްވެސް ވަނީ ނަސީބުވެރިފަރާތަށް ހަވާލުކޮށްފައެވެ.

މިއީ ބީއެޗްއެމްއިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ތެރެއިން ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ޕްރޮޟޯނެއް ކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ. އެހެންކަމުން މިއަހަރުގެ ތެރޭގައި މީގެ މުޅިން އައު ޕްރޮމޯޝަނެއް ފަށަން ގަސްތުކުރަމުންދާ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.