Last Updated: June 15, 03:58
Sunday, June 14, 2026
ޚަބަރު

ޚާއިނުންގެ ކިބައިން ގައުމު ސަލާމަތް ކުރުމަށް އެއްބާރުލުން ދޭނަން: ނިހާނު

މާދަމާ ބޭއްވުމަށް ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއަށް ސަރުކާރު މެމްބަރުންގެ ފަރާތުން ފުރިހަމައަށް ތައްޔާރުވެގެން ކަމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމް އެމްޑީއޭ މެމްބަރުން ތިއްބެވީ ތައްޔާރަށް ކަމަށާއި ހާއިނުންގެ ކިބައިން ދިވެހި ގައުމު ދިފާއު ކުރުމަށް ޕީޕީއެމް/އެމްޑީއޭ އިން ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

މާދަމާގެ ޖަލްސާއަކީ ކުއްލި ހާލަތުގެ ގަރާރާއި މެދު ގޮތެއް ނިންމެވުމަށް ބާއްވާ ޖަލްސާއެއްކަމަށް ޕީޕީއެމް މެމްބަރުން ބުނެއެވެ.

ނިހާން ވިދާޅުވީ މާދަމާގެ ޖަލްސާއަށް ރަށުގައި ތިއްބެވި މެމްބަރުންނާއި ރަށުން ބޭރުގައި މިވަގުތު ތިއްބެވި ބޭފުޅުން ބަލައި ޗެކް ކުރަމުން އަންނަ ކަމަށެވެ. އަދި މިވަގުތު ރަށުގައި ނޫޅުއްވާ މެމްބަރުން މިރޭ މާލެ އަންނާނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.

އެހެން ކަމުން މާދަމާގެ ޖަލްސާ އަށް ޕީޕީއެމް މެމްބަރުން ނިކުންނާނީ ބަދަހި ޓީމެއްގެ ގޮތުގައިކަމަށެވެ.