Last Updated: June 15, 03:58
Sunday, June 14, 2026
ޚަބަރު

މުޒާހަރާއާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ހަ މީހުން: ޕޮލިސް

ޝިފާޒް ހައްޔަރުކޮށްގެން ގެންދަނީ: ފޮޓޯ - ޓްވިޓާ

އިދިކޮޅު ފަރާތްތަކުން ހުކުރު ދުވަހު މާލޭގައި ބޭއްވި މުޒާހަރާގައި ގިނަ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފިއެވެ.

ފުލުހުން މިރޭ ބުނެފައިވަނީ ހުކުރު އަދި ހޮނިހިރު ދުވަހު ގިނަ ބަޔަކު ހައްޔަރުކޮށްފައިވާކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށާއި މިހާތަނަށް މުޒާހަރާ ތަކާއި ގުޅިގެން ފުލުހުންގެ ބަންދުގައި ތިބީ އެންމެ ހަމީހަކު ކަމަށެވެ. އަދި އެ ހަމީހުންނަކީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންކަމަށެވެ.

ފުލުހުން މިގޮތަށް ބުނެފައިވާއިރު އެމްޑީޕީ އައްޑޫ ދާއިރާގެ ރައީސް އަހުމަދު އަދުހަމް ފުލުހުން ހައްޔަރުކޮށްފައިވަނީ މުޒާހަރާ ފެށުމުގެ މާ ކުރިން ހުކުރު ނަމާދަށް ފަހު އެމްޑީޕީ ހަރުގެ ސަރަހައްދުގައި ހުއްޓާއެވެ.

ފުލުހުން މުޒާހަރާގެ ތެރެއިން އެމްޑީޕީގެ ނައިބް ޝިފާޒުވެސް ހައްޔަރުކޮށްފައެވެ.