Last Updated: April 26, 17:23
Friday, April 26, 2024
ޚަބަރު

ކުއްލި ހާލަތުގެ ގަރާރު ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީއަށް ފޮނުވައި، ޖަލްސާ ނިންމާލައިފި!

* 12 މެމްބަރުން މަޖްލިސް އިދާރާ ސަރަހައްދަށް ނުވެއްދި
* ޖަލްސާއަށް ހާޒިރުވެފައިވަނީ މަޖްލިސްގެ ރައީސް އާއި އެކު 39 މެމްބަރުން
* ކުއްލި ހާލަތުގެ މުއްދަތު 30 ދުވަހަށް އިތުރު ކުރުމަށް އެދިފައިވޭ
* އިދިކޮޅު ފަރާތްތަކުން ޖަލްސާ ބޮއިކޮޓްކޮށްފި

މަޖްލިސް މައި ދޮރުމަތީގައި ސިފައިން އެތުރިލައިގެން.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބާއްވާ ހާއްސަ ޖަލްސާ އާއި ގުޅިގެން މަޖްލިސް އިދާރާ ހިމެނޭ ހުރިހާ މަގުތަކާއި ގޯޅިތައް ފުލުހުންނާއި ސިފައިން ނިކުމެ ބަންދުކޮށްފިއެވެ.

ކުއްލި ހާލަތުގެ ގަރާރާއި ގުޅޭ ގޮތުން ގޮތެއް ނިންމުމަށް މިއަދު ބާއްވާ ހާއްސަ ޖަލްސާ ފެށުމަށް ކައިރިވަމުން އަންނަ އިރު ފުލުހުން ދަނީ މީޑިއާތައް ފަހަތަށް ޖައްސަމުންނެވެ.

މީޑިއާތައް ފަހަތަށް ޖައްސަމުން އަންނައިރު ފުލުހުން އަންގަނީ މުލިއާގެ ކަންމައްޗާއި ހަމައަށް ދިއުމަށެވެ.

މަޖްލިސްގެ ޖަލްސާގެ ވަގުތު ކައިރިވަމުން އަންނަ އިރު ސަރުކާރަށް ތާއިދު ކުރާ މެމްބަރުން ވަނީ މަޖްލިސް އިދާރާތެރެއަށް ވަދެވަޑައިގެންފައެވެ. ނަމަވެސް އަދި އިދިކޮޅު މެމްބަރުން މަޖްލިސްގެ ތެރެއިން މަޖްލިސް ކުރާގެ ސަރަހައްދަށް ވަޑައިގެންފައިވަނީ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރ މާރިޔާ އަހުމަދު ދީދީ އެކަންޏެވެ.

މާރިޔާ އެ ސަރަަހައްދުގައި ހުންނަވައިގެން މީޑިއާ އާއި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރައީސް ޔާމީނަށް ތާއިދު ގެއްލުމުން މަޖްލިސް ހިސޯރުކޮށް ސުޕުރީމް ކޯޓުން ރައީސް ޔާމީން ބޭނުންފުޅު ނުވާ ހުކުމެއް ނެރުމުން ކޯޓު ހިސޯރުކޮށްފައިކަމަށެވެ.

އަދި ރައީސް ޔާމީނަށް ތާއިދު އޮތްކަމަށް ވިދާޅުވާ އިރު މަޖްލިސް ކުރާގެ ކައިރިން އޮތް ތާއިދު ފެންނަ ކަމަށެވެ.

"މި ސަރަހައްދަށް ބަލާލިއަސް ތާއިދު އޮތް ވަރު އެބަފެނޭ، މުޅި ތަނުގައި ސިފައިންނާއި ފުލުހުން"