Last Updated: June 15, 03:58
Sunday, June 14, 2026
ޚަބަރު

ގޮޑި ގެއްލުނުކަމަށް ބުނާ މެމްބަރުން މަޖްލިސް އިދާރާ ސަރަހައްދަށް ނުވެއްދި!

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރ އަބްދުﷲ އަހްމަދު، ފޮޓޯ: ސަން

ގޮޑި ގެއްލުނުކަމަށް ބުނާ މަޖްލިސްގެ 12 މެމްބަރުންގެ ތެރެއިން މިއަދު ޖަލްސާއަށް ވަޑައިގަތުމަށް ދިޔަ މެމްބަރުން އިދާރާ ސަރަހައްދަށް ނުވައްދައި ހިފަހައްޓައިފިއެވެ.

ސިފައިންނާއި ފުލުހުން ނިކުމެ މަޖްލިސް އިދާރާ ހިމެނޭ ހުރިހާ ސަރަހައްދެއް ބަންދު ކޮށްފައިވާ އިރު އެ މެމްބަރުން ތިއްބެވީ ފުލުހުން ޖަހާފައިވާ ބެރިކޭޑްގެ ފަހަތުގައެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރ މުހައްމަދު އަމީތު އާއި މެމްބަރު މުހައްމަދު އަބްދުﷲ އާއި އަބްދުﷲ އަހުމަދު އަދި ސައުދުﷲ ހިލްމީ އެ ސަރަހައްދުގައި މަޑުކޮށްގެން ފުލުހުންނާއި ވާހަކަދައްކަވަމުން އެބަގެންދަވައެވެ. ނަމަވެސް އެބޭފުޅުން ނުވައްދާނެކަން ޔަގީންވެފައިވާކަމަށް ސައުދުﷲ ވިދާޅުވިއެވެ.

ތަފްސީލް އަންނަނީ…