ކުއްލި ހާލަތުގެ ގަރާރު ރައްޔިތުންގެ މަޖްލިސްގެ ފްލޯއިން ވޯޓުން ފާސް ނުވާނަމަ ބާޠިލް ވާނެ އިދިކޮޅު މެމްބަރުން ބުނެފިއެވެ.
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ގައުމީ ސަލާމަތާއި ބޭހޭ ކޮމެޓީއަށް ގަރާރާއި މެދު ގޮތެއް ނިންމުމަށް ފޮނުވި ނަމަވެސް އެ ގަރާރު އުވިގެންދާނެއެވެ.
ރޮޒެއިނާ ވިދާޅުވީ މަޖްލިސްއަށް މައްސަލަ ހުށަހަޅައިގެން ގަރާރު ފާސް ކުރުމަށް މަދުވެގެން 43 މެމްބަރުންގެ ވޯޓު ބޭނުންވާ އިރު އެއަދަދަށް މެމްބަރުން ސަރުކާރަށް ތާއިދު ކުރާ މެމްބަރުންގެ ތެރޭގައި ނެތް ކަމަށެވެ.
މިއަދު މަޖްލިސްއަށް ހާޒިރުވީ މަޖްލިސްގެ ރައީސް އަބްދުﷲ މަސީހު އާއި އެކު 39 މެމްބަރުންނެވެ. އިދިކޮޅު މެމްބަރުން ވަނީ ޖަލްސާ ބޮއިކޮޓް ކޮށްފައެވެ.
މިއަދުގެ ޖަލްސާއަށް ސަރުކާރުން ހުށަހަޅާފައިވަނީ ކުއްލި ހާލަތުގެ މުއްދަތު 30 ދުވަހަށް އިތުރު ކުރުމަށެވެ.