Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

އިންޑިޔާ ޑިފެންސް މިނިސްޓަރާއި ނަޝީދު ބައްދަލުކުރައްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލުމުގެ ކުރިން އެގައުމުގެ ޑިފެންސް މިނިސްޓަރު ނިރްމަލާ ސިތާރަމަންއާ ބައްދަލު ކުރައްވައިފިއެވެ.

އިންޑިޔާގެ ނޫހެއް ކަމަށްވާ "ދަ ހިންދޫ" އިން ގެނެސްދިން ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ފަހު ނަޝީދު ވަނީ މިއަދު ދަތުރުފުޅު ނިންމަވާލައްވާފައެވެ.

އަދި ދަތުރުފުޅު ނިންމަވާލުމުގެ ކުރިން ޑިފެންސް މިނިސްޓަރާއި ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައިވެއެވެ. ނަމަވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވީ ކޮން ކަމަކާ ގުޅޭ ގޮތުން ކަމެއް ނަޝީދު ހާމަކޮށްފައެއް ނުވެއެވެ.

ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ އިންޑިޔާގެ ޑިފެންސް މިނިސްޓަރާއި ބައްދަލުކުރެއްވުމުން އުފާ ކުރައްވާ ކަމަށެވެ. އިތުރު ތަފްސީލެއް ނަޝީދު ހާމަކޮށްފައެއް ނުވެއެވެ.