Last Updated: April 19, 19:29
Friday, April 19, 2024
ޚަބަރު

ޒުވާނުންގެ މުޒާހަރާގެ ހައްޔަރީން ދޫކޮށްލައިފި

މިމަހުގެ 10 ވަނަ ދުވަހު އެމްޑީޕީގެ ޔޫތް ވިންގުން އިސް ނަގައިގެން ބޭއްވި ޒުވާނުންގެ މުޒާހަރާ ތެރެއިން ހައްޔަރުކުރި ހުރިހާ އެންމެން ދޫކޮށްލާފައިވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.

މުޒާހަރާއިން ހައްޔަރުކޮށްފައިވަނީ އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސް، މީކާއިލް ނަސީމާއި ގައްދޫ ކައުންސިލްގެ ރައީސް، ރާއި ޖަމާލް، ރަސްދޫ ކައުންސިލް މެމްބަރު އަނިލް އަދި އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ދެ މެމްބަރުން ކަމަށްވާ ޝީނާ މުހައްމަދާއި ސަފާތް އަހުމަދެވެ.

ހައްޔަރު ކުރުމަށްފަހު ފަސް މީހުންގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ގެނައުމުން ކޯޓުން ވަނީ މީކާއީލް ނަސީމާއި، ޔޫތް ވިންގް މެމްބަރު ޝީން މުހައްމަދާއި، ސަފާތް އަހުމަދު ފަސް ދުވަހަށް ގޭ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

އަދި ރާއި ޖަމާލް އާއި އަނިލް ފަސް ދުވަސް ވަންދެން ޖަލު ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.