ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ކޯޓަށް ހާޒިރު ކުރުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އިބްރާހީމް މުހައްމަދު (ސިމް) ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.
ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވަނީ ޅ ހިންނަވަރު، ދޭލިޔާއާގެ، އިބްރާހީމް މުޙައްމަދު (63އ) ހޯދަމުންދަނީ، ސިވިލް ކޯޓުގައި ދައުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން 2018 ފެބްރުއަރީ 20 ވަނަ ދުވަހުގެ 13:30 އަށް ކޯޓަށް ހާޟިރުކުރުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރަކާ ގުޅިގެންން ކަމަށެވެ.
މިހާރު އާއިލާއާއިއެކު ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ސިމްއަކީ ކުރީގެ ޓުއަރިޒަމް މިނިސްޓަރ ޑރ. މަރިޔަމް ޒުލްފާގެ ފިރިކަލުންނެވެ.