Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

މިއަހަރުގެ ރިޔާސީ އިންތިޚާބު ބާއްވާނީ ސެޕްޓެމްބަރު މަހު

ދިވެހި ރާއްޖޭގައި ކޮންމެ ފަސް އަހަރު ބޭއްވޭ ރިޔާސީ އިންތިޚާބު މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއަހަރުގެ އިންތިޚާބު ސެޕްޓެމްބަރު މަހު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ސެޕްޓެމްބަރު މަހު އިންތިޚާބު ބާއްވާނެ ކަމަށާއި ބާއްވާނެ ތާރީޚު އަންނަ ހަފުތާގެ ތެރޭގައި އިއުލާން ކުރާނެ ކަމަށެވެ.

ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުގައި ހިނގަމުންދާ ރިޔާސީ ދައުރުގެ މުއްދަތު ހަމަވާން 120 ދުވަހަށް ވުމުން، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވި، އެކަން އިއުލާން ކުރަން ޖެހޭނެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު އަންނަނީ ރިޔާސީ އިންތިޚާބު ބޭއްވުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންނެވެ. އެގޮތުން ކަމާ ބެހޭ ފަރާތްތަކާއި މަޝްވަރާ ކުރުން އީސީން ވަނީ މިހާރު ފަށާފައެވެ.