Last Updated: July 19, 21:07
Saturday, July 19, 2025
ޚަބަރު

"ޔާމީންގެ އަނިޔާވެރިކަން ފޮރުވާ ނިވާ ފަތްގަޑަަކަށް ވާކަށް ނެތިން"

sun.mv

ރައީސް ޔާމީނަށް ތާއިދު ނުކުރައްވާނެކަމަށާއި، ޔާމީންގެ އަނިޔާވެރިކަން ފޮރުވާ ނިވާ ފަތްގަނޑަކަށް ނުވާނެކަމަށް ނޮޅިވަރަން ދާއިރާގެ މެމްބަރު ހުސެއިން އަރިފް ވިދާޅުވެއްޖެއެވެ.

އަރީފް މިފަދައިން ވިދާޅުވެފައި މިވަނީ ސުޕުރީމް ކޯޓުގެ އަމުރުގެ ފަހުން ހިނގަމުންދާ ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ނުފެނުމާއި އަދި އިއްޔެ ބޭއްވި މަޖްލިސް ޖަލްސާގައި އިދިކޮޅު މެމްބަރުންނާއި އެކު އަރީފު ނުފެނުމުން ގިނަ ބައެއްގެ ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށެވެ.

ކުއްލި ހާލަތުގެ ގަރާރު ފާސް ކުރުމަށް ބޭނުންވާ މެމްބަރުންގެ ގާނޫނީ އަދަދު ހަމަ ނުވެފައިވަނިކޮށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ ވަނީ އެ އަދަދު ހަމަ ކުރާނެ ކަމަށް ބުނެފައެވެ. އެހެންވެ އިދިކޮޅު ހަރަކާތްތަކުން ނުފެންނަ މެމްބަރުން ޕީޕީއެމްއަށް ތާއިދު ކުރަނީތޯ ބައެއް ފަރާތްތަކުން ދިޔައީ ސުވާލު އުފައްދަވަމުންނެވެ.

އަރީފް ވިދާޅުވީ އެކުވެރިން މެދުވެރިކޮށް އަރީފަށް ދައްކަމުން ދަނީ އިބިލީސް އެމީހުންނަށް ދައްކަމުންދާ ދަޅަތަކެއް ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރިކަން ފޮރުވާ ނިވާފަތްގަނޑަކަށް ވެވެން ނެތް ކަމަށެވެ.