Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ފޮރިން މިނިސްޓަރު އީޔޫގެ ސަފީރާއި ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް، ޔޫރޮޕިއަން ޔޫނިއަނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ތުން ލައިކް މާކްއާ ބައްދަލުކުރައްވައިފިއެވެ.

ޑރ. އާސިމް ވަނީ މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން ސަފީރާއެކު މަޝްވަރާ ކުރައްވާފައެވެ. މިނިސްޓަރު ވަނީ ސަފީރަށް ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ ސަރުކާރުން ނަގަހައްޓާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

އަދި ޑިމޮކްރަސީގެ ހަމަތަކާއި އަސާސީ ހައްގުތައް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް ސަރުކާރުގެ ފަރާތުން އީޔޫގެ ސަފީރަށް ފޮރިން މިނިސްޓަރު ވަނީ އަރުވާފައެވެ.

އީޔޫގެ ސަފީރާއި މިނިސްޓަރު ބައްދަލު ކުރައްވާފައިވަނީ ދާދި ފަހުން އީޔޫގެ ވަފުދެއް ރާއްޖެ ވަޑައިގަތުމުން ސަރުކާރުން އެބޭފުޅުންނާ ބައްދަލުކުރުމަށް ދެކޮޅު ހަދާފައިވާ ކަމަށް ވަފުދުން ބުނެފައިވަނިކޮށެވެ.

ހަލަބޮލި ވަމުން އަންނަ ސިޔާސީ މަސްރަހު ފިނި ކުރުމަށް އީޔޫގެ ވަފުދުން ރާއްޖެ ވަޑައިގެން، ވަޒީރުންނާ ބައްދަލުކުރެއްވުމަށް އެދުމުން ބައްދަލުނުކޮށް، އެބޭފުޅުން ފުރާވަޑައިގަންނަވާ ގަޑިއަށް ބައްދަލުވުން ހަމަޖެއްސުމަކީ ސީދާ ސަރުކާރުން އީޔޫއާ މަޝްވަރާ ނުކުރަން ކުރި ކަމެއް ކަމަށް ޔޫނިއަނުން ވަނީ ސިފަކޮށްފައެވެ.