Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

އަދީބު އަނެއްކާވެސް މާފުށީ ޖަލަށް ބަދަލު ކުރަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ކަރެކްޝަންސްގެ އޮފިސަރުންތަކަކާ އެކު: ފޮޓޯ - ރާއްޖެ އެމްވީ

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު އަބްދުލްޣަފޫރު ދޫނިދޫ ޖަލުން އަނެއްކާވެސް މާފުށީ ޖަލަށް ބަދަލު ކުރަން އުޅޭ ކަމަށް އަދީބު އާއިލާއިން ބުނެފިއެވެ.

އަދީބުގެ އަނބިކަނބަލުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ދޫނިދޫ ޖަލުން މާފުށީ ޖަލަށް އަނެއްކާވެސް ބަދަލު ކުރާނެ ކަމަށް އަންގާފައިވާ ކަމަށް އަދީބު ވިދާޅުވި ކަމަށެވެ.

އަދީބު ދޫނިދޫ ޖަލަށް ބަދަލުކޮށްފައިވަނީ ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ސިޔާސީ 9 ލީޑަރުން ވަގުތުން މިނިވަން ކުރުމަށް ކުރި އަމުރަށް ފަހު މާފުށީ ޖަލަށް ބަދަލުކުރުމަށް ފަހުގައެވެ. އަދީބުވެސް މިނިވަން ކުރަން އަމުކުރި ލީޑަރުންގެ ތެރޭގައި ހިމެނިފައިވި ނަމަވެސް ސަރުކާރުން ވަނީ އަދީބު މިނިވަން ނުކޮށް، މާފުށީ ޖަލަށް ބަދަލުކޮށްފައެވެ.

މާފުށީ ޖަލުން ދޫނިދޫ ޖަލަށް އަދީބު ބަދަލުކުރީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. އެދުވަހު ވަނީ ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫންވެސް މާފުށީ ޖަލުން ދޫނިދޫ ޖަލަށް ބަދަލުކޮށްފައެވެ.