މިއަދު ހަވީރު ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާގައި އެމްޕީ ފަޒާދު ބައިވެރި ވެފައިނުވާތީ އާއި އެމްޕީ ނަޝީދު މިއަދުގެ ޖަލްސާގައި ބައިވެރިވެ، ވޯޓުތަކުގައި ބައިވެރިވެފައި ނުވާތީ އަދި މަޖިލީހުގެ ކައުންސިލް ޖެނެރަލް ފިލްޒާ އެ ޖަލްސާއިން ވޯކްއައުޓް ކުރެއްވީތީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފި އެވެ.
މަހްލޫފް މިހެން ވިދާޅުވެފައިވަނީ މިރޭ ކުރެއްވި ޓްވީޓެއްގައި އެވެ.
Size akee 38 ingeytho. Shukuriyya MP Kutti Nasheed and MP Fazaad. Counsel General Filza qairugaanoonee jalsaa inn Maseeh kairee bunefa walkout kureethee shukuriyya 🙏🏻
#DhenAiyJahaa #StateOfEmergency #MaldivesInCrisis
— Ahmed Mahloof (@AhmedMahloof) February 20, 2018
“ސައިޒަކީ 38 އިނގޭތޯ، ޝުކުރިއްޔާ އެމްޕީ ނަޝީދު އަދި އެމްޕީ ފަޒާދު، ކައުންސިލް ޖެނެރަލް ފިލްޒާ ގައިރު ގާނޫނީ ޖަލްސާއިން މަސީހް ކައިރީ ބުނެފަ ވޯކްއައުޓް ކުރީތީ ޝުކުރިއްޔާ” މަހްލޫފްގެ ޓްވީޓްގައި ވިދާޅުވެފައި ވެ އެވެ.
މަހްލޫފް މިހެން ވިދާޅުވެފައިވާއިރު އިއްޔެގެ ޖަލްސާގައިވެސް އަދި މިއަދުގެ ޖަލްސާގައިވެސް އެމްޕީ ފަޒާދު ބައިވެރިވެފައެއް ނުވެ އެވެ.
މިއަދު ހަވީރު ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާގައި 40 މެންބަރުން ބައިވެރިވިއިރު، ވޯޓު ދިން 38 މެންބަރުންގެ އިއްތިފާގުން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ކަނޑައެޅިގެން ޚިލާފަށް، ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު 30 ދުވަހަށް ދިގުދަންމާލަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ.