Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ބީއެމްއެލް އިން އައްޑޫގައި އިތުރު 2 އޭޓީއެމް ގާއިމްކޮށްފި

ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައްޑޫ ސިޓީ ގައި ކުރަމުންދާ އިންވެސްޓްމެންޓް ފުޅާކުރުމުގެ ގޮތުން މުޅިން އާ ދެ އޭޓީއެމްއެއް ޤާއިމްކޮށްފި އެވެ.

މި އޭޓީއެމްތައް ޤާއިމްކޮށްފައި ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓް އާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގަ އެވެ.

މި އޭޓީއެމްތައް ޤާއިމްކޮށްފައި ވަނީ ބީއެމްއެލް އިން ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭންކިން ޚިދުމަތް ފުޅާކުރުމަށް އެ ބޭންކުން ކުރިއަށް ގެންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމެންޓް ޕްރޮގްރާމެއްގެ ދަށުންނެވެ. އައްޑޫގައި ޤާއިމްކުރެވުނު މި އާ އޭޓީއެމްތަކުން ކަސްޓަމަރުންނަށް ފައިސާ ނެގުމުގެ ޚިދުމަތް ފަސޭހަވެގެންދާނެ އެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވާ ގޮތުގައި އައްޑޫގައި މި އާ އޭޓީއެމްތައް ޤާއިމްކުރެވުމަކީ ލިބޭ އުފަލެއް ކަމަށާއި އެއާޕޯޓާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ގައި ގާއިމް ކޮށްފައިވާ މި އޭޓީއެމްތަކުން ދަތުރުވެރިންނަށާއި ހިތަދޫ ހޮސްޕިޓަލަށް ޒިޔާރަތް ކުރާ ގިިނަ ފަރުދުންނަށާއި އާއިލާތަކަށް ފަސޭހަވެގެން ދާނެ ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 34 ސެލްފްސާވިސް ބޭންކިން ސެންޓާ، 95 އޭޓީއެމް، 4900 ޕީއޯއެސް މަޗަންޓުން، 230 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކަށާއި ރާއްޖޭގެ މުޖުތަމަޢުއަށް ފަސޭހަކަމާއެކު ބޭންކިންގެ ޚިދުމަތް ފޯރުކޮށްދިނުމެވެ.