Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

މާލޭ ދެކުނު ނެރަށް އެސްޓީއޯގެ ކޮޅުވެއްޓިއެއް އަރައިފި

ވިލިމާލެ ޓާމިނަލާ ވީ ސަރަހައްދު - ފޮޓޯ: އެމްއެންޑީއެފް

މާލޭ ދެކުނު ފަރާތުން އަލަށް ކަނޑާފައިވާ ނެރަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ކޮޅުވެއްޓިއެއް އަރައިފިއެވެ.

އެމްއެންޑީއެފް އިން މަޢުލޫމާތު ދޭ ގޮތުގައި މި ކޮޅުވެއްޓި އަރާފައިވަނީ ވިލިމާލެ ޓާމިނަލާ ވީ ސަރަހައްދު ގައި ސުނާމީ ބިނާއާވީ ފަޅިއަށް ހަދާފައި އޮންނަ ނެރަށެވެ. އަދި އެ ހާދިސާ ހިނގި ކަމުގެ ރިޕޯޓު ލިބިފައިވަނީ މިރޭ 22:15 ގައި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެނގިފައިވާ ގޮތުގައި ނެރަށް އަރާފައިވަނީ އެސްޓީއޯގެ "ކަނޑު ހާ" ނަމަކަށް ކިޔާ ކޮޅުވެއްޓިއެކެވެ.

އެމްއެންޑީއެފުންބުނީ މިހާދިސާއާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރުވަމުން ގެންދާ ކަމުގައެވެ.