Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ރިޔާސީ ބަޔާން އިއްވުން މިރޭ 9 ޖަހާއިރު

ފޮޓޯ-ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ މިރޭ 9 ޖަހާއިރު ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ގާނޫނު އަސާސީގައި މި ޖަލްސާ ބާއްވަން ޖެހޭ ތާރީޚު ފަސްވެފައިވާއިރު ރައީސުލް ޖުމުހޫރިއްޔާ ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވުމުގެ ސަބަބުން މިމަހުގެ ފަސްވަނަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާންކޮށްފައެވެ.

އަދި މަޖިލީހުގެ ފުރަތަމަ ޖަލްސާ ނުބާއްވައި، ރިޔާސަތުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރުމަށް ހުށައަޅައި ޚާއްސަ ޖަލްސާއެއް ބާއްވައި، ގަރާރު ފާސް ވެސް ކޮށްފައެވެ.

މިރޭގެ ޖަލްސާގައި ރައީސުލް ޖުމުހޫރިއްޔާ ރިޔާސީ ބަޔާން އިއްވުމަށް ހަމަޖެހިފައިވާއިރު މަޖިލީހުގެ މެމްބަރުންނަށް މިހާރު ވަނީ ދައުވަތުވެސް ފޮނުވާފައެވެ.

ނަމަވެސް އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް އިދިކޮޅު މެމްބަރުން ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓް ކުރާނެ ކަމަށް ބެލެވެއެވެ.