Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

މެލޭޝިޔާ ބޮޑުވަޒީރުގެ ކާޓޫނު ކުރެހުމުން ޖަލަށް

AFP

މެލޭޝިޔާގެ ބޮޑުވަޒީރު، ނަޖީބް ޚާންއަށް ނިސްބަތްކޮށް ކާޓޫނު ކުރެހި މީހަކު ޖޫރިމަނާކޮށް ޖަލަށް ލުުމަށް ހުކުމްކޮށްފިއެވެ.

ނަޖީބުއް ރައްޒާގްއަށް ހަޖޫ ޖަހައި ހެދި މިކާޓޫނުގައި އޭނާ ވަނީ ކްލައުންއަކަށް ހަދައި ޚިޔާނާތުގެ މައްސަލައަކާ ގުޅުވާފައެވެ.

ދާދި ފަހުން ވަނީ ޚިޔާނާތުގެ މައްސަލައެއްގައި ނަޖީބު ޚާންގެ އަތެއް ވާކަމަށް ބުނެ އަޑު ފެތުރިފައެވެ. އަދި އެކަމާ ގުޅިގެން ބޮޑުވަޒީރާ ދެކޮޅަށް އެގައުމުގެ ރައްޔިތުން ކުރި މުޒާހަރާއެއްގައި ވަނީ މި ކާޓޫނު ބޭނުންކޮށްފައެވެ.

އޭގެ ސަބަބުން ކާޓޫނު ވަރަށް ބޮޑަށް ވައިރަލްވެ، މުޅި ދުނިޔޭގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. ކާޓޫނު ކުރެހި ފަހުމީ ރިޒާގެ މައްޗަށް އެއް މަސް ދުވަހުގެ ޖަލު ހުކުމަކާއި 30،000 ރިންގިޓު(7،700) ޑޮލަރުގެ ޖޫރިމަނާ ކޮށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.