ކުއްލި ހާލަތުގެ މުއްދަތު އިތުރު ނުކޮށް ވަގުތުން ވަގުތަށް އެ ގަރާރު އުވާލުމަށް އެމެރިކާއިން ދިވެހި ރާއްޖެއަށް ގޮވާލައިފިއެވެ.
އެމެރިކާއިން މިގޮތަށް ގޮވާލާފައިވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓުމެންޓުގެ ތަރުޖަމާނު ހީދަ ނައުއާޓު ނެރުއްވި ބަޔާނެއްގައެވެ.
U.S. disappointed by reports that state of emergency extended in #Maldives. U.S. continues to call on President Yameen to end the state of emergency and uphold the rule of law. pic.twitter.com/mC5ESpubSm
— Heather Nauert (@statedeptspox) February 21, 2018
އެބަޔާނުގައި ސީދާ ރައީސް ޔާމީނާއި މުޙާޠަބު ކޮށް ވިދާޅުވެފައިވަނީ ކުއްލި ހާލަތު ވަގުތުން އުވާލުމަށާއި، މަޖިލީހާއި ޝަރުއީ ދާއިރާ ބަރާބަރަށް ހިނގައިގަތުމަށް ފުރުސަތު ދީ ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކަަށް ފުރިހަމައަށް ބޯލެބުމަށެވެ. މީގެ އިތުރުން ރައްޔިތުންނަށް ގެއްލެމުންދާ ހައްގުތައް އިޔާދަ ކުރުމަށްވެސް ރައީސް ޔާމީނަށް އަންގާކަމަށް ބަޔާނުގައިވެއެވެ.
އެމެރިކާއިން މިފަދަ ހަރުކަށި ގޮތަކަށް ގޮވާލާފައިވާ އިރު ގާނޫނު އަސާސީ އާއި ހިލާފަށް ކުއްލި ހާލަތުގެ މުއްދަތު އިތުރު 30 ދުވަހަށް އިތުރުކުމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ 38 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ. ނަމަވެސް އިދިކޮޅު ސިޔާސީ ފަރާތްތަކާއި ގަނޫނީ ވަކީލުން ވިދާޅުވެފައިވަނީ ކުއްލި ހާލަތުގެ މިހާރުގެ ގަރާރަށް ރައްޔިތުން އަމަލް ކުރަން ނުޖެހޭނެ ކަމަށެވެ.