އެހެން އަހަރުތަކެކޭ އެއްފަދައިން ރައީސުލް ޖުމުހޫރިއްޔާ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމާއި މުޚާތަބުކޮށް ރިޔާސީ ބަޔާން އިއްވާ ޖަލްސާ މިއަހަރުވެސް އިދިކޮޅު ފަރާތްތަކުން ބޮއިކޮޓު ކުރަން ނިންމައިފިއެވެ.
މިރޭ ބާއްވާ ޖަލްސާ ބޮއިކޮޓް ކުރުމަށް އިދިކޮޅު ފަރާތްތަކުން ނިންމާފައިވަނީ ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު 12 މަޖިލިސް މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފައިވަނިކޮށް އެ މެމްބަރުންނަށް ޖަލްސާއަށް ދައުވަތު ނުދިނުމުން ކަމަށް ބުނެފައިވެއެވެ.
ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ކުރި ހުކުމުގައި މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ނެރުނު އަމުރަށް އަމަލުކުރުން ފަސްކޮށް ހޯމަ ދުވަހު ވަނީ އަމުރެއް ނެރެފައެވެ. އެއަމުރާ އެކު މަޖިލިސްގައި ބޭއްވި ޚާއްސަ ޖަލްސާއަށް 12 މެމްބަރުންނަށް ފޮނުވި ދައުވަތު ވެސް ވަނީ އަނބުރާ ގެނެސްފައެވެ.