Last Updated: June 11, 06:23
Thursday, June 11, 2026
ޚަބަރު

އަނެއްކާ ވެސް ކަަރަންޓް ކެނޑޭނެ ކަމުގެ އިންޒާރު!

އައްޑޫގެ ގުޅިފައިވާ ރަށްރަށް ކަރަންޓްގެ ހިދުމަތް ދެމުން އަންނަ މަރުކަޒީ އިންޖީނު ގޭގެ އިންޖީނިއަކަށް އަނެއްކާ ވެސް މައްސަަ ދިމާވެ، ދޭތެރެ ދޭތެރެ އިން ކަރަންޓް ކެނޑޭނެ ކަމުގެ އިންޒާރު ދީފި އެވެ.

މަރުކަޒީ އިންޖީނު ގެއިން މިއަދު ގޭގެ އަށް ފޮނުވާފައިވާ ނޯޓިހުގައި ބުނެފައި ވަނީ މަރުކަޒީ އިންޖީނު ގެއިން ކަރަންޓް ދިނުމަށް ބޭނުން ކުރަމުން އަންނަ އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން ދޭތެރެ ދޭތެރެ އިން އެއް ގަޑި އިރަށް ކަރަންޓް ކަނޑާލަން ޖެހޭ ކަމަށެވެ. އިއްޔެ ވެސް މިފަދަ ނޯޓިިހެއް ވަނީ ނެރަފަ އެވެ. އަދި މިކަން މިހާރު މި ވަނީ އާންމު އުނދަގުލަަކަށްވެފަ އެވެ.

މަރުކަޒީ އިންޖީނު ގެއިން ބުނީ އެކަން އެގޮތަށް ކުރިއަށް ދާނީ މައްސަލަ ޖެހުނު އިންޖީނަށް ދިމާވި މައްސަލަ ހައްލު ކުރެވެންދެން ކަމަށް ވެސް މަރުކަޒީ އިންޖީނު ގެއިން ބުންޏެވެ.

އައްޑު އަށް ކަރަންޓް ދެމުން އަންނަ ސަދަން ޔުޓިލިޓީޒް ލިމިޓެޑް (އެސްޔޫއެލް) ފެނަކަ ކޯޕަރޭޝަންގެ ދަށުން ހިންގަން ފެށި ފަހުން އައްޑޫގެ ކަރަންޓްގެ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. ކަރަންޓްގެ މައްސަލާގައި ރައްޔިތުންގެ އަގު ބޮޑު އިލެކްޓްރީނިކް ސާމާނު ހަލާކުވާތީ ރައްޔިތުން ދަނި މިކަމާ ކަންބޮޑުވުން ވެސް ފާޅު ކުރަމުންނެވެ.

ފެނަކަ އިން ބުނެފައިވާ ގޮތުގައި އައްޑު އަށް ދިމާވެފައިވާ ކަރަންޓްްގެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބޭނީ ކެޕޭސިޓީ އާ އެއްވަރުގެ އިންޖީނެއް ގެނެވިގެންނެވެ. އެހެންވެ ދެ މެގަ ވޮޓްގެ އިންޖީނެެއް ރޯދައިގެ ކުރިން ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްރަށުގެ އިތުރުން ހުޅުމީދޫން ވެސް ދޭތެރެ ދޭތެރެ އިން ދަނީ ކަރަންޓް ކެނޑެމުންނެވެ.