Last Updated: April 29, 06:03
Monday, April 29, 2024
ޚަބަރު

މިރޭގެ ޕީޕީއެމް ކޯލިޝަން ސައިޒް 36 މެމްބަރުން!

ކުއްލި ހާލަތު އިއްލާން ކުރައްވައި، ކުއްލި ގޮތަކަށް ރޭ ރުމާލު 2 ޖަގަހަގައި އިއްލާން ކުރެއްވި މިއަހަރުގެ މަޖްލިސްގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން ރައީސް އަބްދުﷲ ޔާމީން އިއްވަވައިފިއެވެ.

ކުރު މި ބަޔާނުގައި ރައީސް ޔާމީން ވިދާޅުވެ ދެއްވެވީ ސްޓެޓިސްޓިކްސްތަކެކެވެ. ރިޔާސީ ބަޔާނުގައި ގައުމުގެ ހާލަތުގެ އެއްވެސް ވާހަކައެއް ހިމަނާފައި ނުވެއެވެ. ޖަލްސާއަށް ވަޑައިގެން ތިއްބެވި ސަރުކާރުގެ އިސް ވެރިންނާއި މަޖްލިސް މެމްބަރުން އަދި ރައީސް މޫނުފުޅު މަތިން ފެނުނީ ހާސް ކަމެވެ.

އަދި ވަކިން ހާއްސަކޮށް އެންމެ ބޮޑަށް އަޅައިގަތީ ޖަލްސާއަށް ވަޑައިގެން ތިއްބެވި ޕީޕީއެމް/ އެމްޑީއޭ ކޯލިޝަންގެ މެމްބަރުންގެ އަދަދެެވެ. މާޔޫސްވެ މިރޭ ތިއްބެވީ އެންމެ 36 މެމްބަރުންނެވެ.

މަޖްލިސް މިރޭ ހުޅުވި އިރު، އިއްޔެ ދައުރުން ބޭރުގައި ބޭއްވި ޖަލްސާގައި 40 މެމްބަރުން ބައިވެރިވެވަޑައިގެންނެވި އިރު ވޯޓު ދެއްވީ 38 މެމްބަރުންނެވެ.

މީގެ ކުރިން މަޖްލިސް މެޖޯރިޓީ އޮތް ޕީޕީއެމް/ އެމްޑީއޭ ކޯލިޝަން މަޑުމަޑުން މަދުވަމުން އަންނައިރު ފާހަގަ ކުރަން ޖެހޭ ހަގީގަތަކީ ދިވެހި ރާއްޖޭގެ ކަންކަން ގާނޫނު އަސާސީ އާއި ބޮޑުތަނުން ހިލާފުވެފައި ވުމެވެ.

ރިޔާސީ ބަޔާން އިއްވި ޖަލްސާ އަކީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ކުރު ރިޔާސީ ބަޔާން އިއްވި ޖަލްސާއެވެ. އަދި އެންމެ މޮޅިވެރި ޖަލްސާއެވެ. މަޖްލިސް ގެ ރައީސް ވާހަކަފުޅު ދެއްކެވި އިރު އަޑު ތުރުތުރު ލަމުން ދިޔައިރު މި ޖަލްސާގެ ކަންކަން މާނަ ދެން ކުރައްވާނީ ޕީޕީއެމްގެ ނައިބް ލީޑަރ ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުއް ރަހީމް އާއި ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ ނިހާން ހަސަން މަނިކެވެ. މި ބޭފުޅުންގެ މާނު ކުރެއްވުމާއި އާއްމު ދިވެހިންނާއި ތަފާތު ވާނެއެވެ.