Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ޕީޕީއެމްގެ ހަރަކާތުގައި ފެނަކަ މުވައްޒަފުން ބައިވެރިވުން މަޖުބޫރު، އިތުރު މީހުން ގެންދަން ޖެހޭ

ހުކުރު ދުވަހު ޕީޕީއެމްގެ ފަރާތުން އައްޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތުގައި ފެނަކަ ކޯޕަރޭޝަނުގެ މުވައްޒަފުން ބައިވެރިވާން މަޖުބޫރުކޮށް އަދި އެ ހަރަކާތަށް އިތުރު މީހުން ގެންދިއުމަށް ފެނަކަ އިން ބާރު އަޅަމުން އެބަގެންދެއެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ފެނަކަ އައްޑޫ އޮފީހުގެ މުވައްޒަފަކު ބުނި ގޮތުގައި މުވައްޒަފުންގެ އާއިލާގެ މީހުންގެ މައުލޫމާތު ހޯދުމަށް އަދި ޕީޕީއެމްގެ ހަރަކާތުގައި ބައިވެރިކުރެވޭނީ ކިތައް މީހުން ކަން ވެސް އޮފީހަށް އަންގަން ޖެހޭ ކަމަށެވެ.

ފެއައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ޚިދުމަތްދޭ އިންޖީނުގޭގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޕީޕީއެމްގެ ހަރަކާތުގައި ބައިވެރިވެވޭނެކަން ނުވަތަ ނޫންކަން އެންގުމަށް ފޯމެއްގައި ސޮއިކުރުމަށް ފެނަކައިން މިހާރު ވަނީ އަންގާފައެވެ. އެ ފޯމު 'އައްޑޫލައިވް' އަށް ލިބިފައިވާއިރު ޕީޕީއެމްގެ ހަރަކާތުގައި އިތުރަށް ބައިވެރިކުރެވޭނެ މީހުންގެ އަދަދު ވެސް ލިޔުމަށް ވަނީ އަންގާފައެވެ.