Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ބަނޑޮސްގެ އިވެންޓެއް ތައްޔާރު ކުރަން ހުއްޓާ ލަވަކިޔުންތެރިޔާ ރިފާއު ކުއްލި ގޮތަކަށް މަރުވެއްޖެ

ބަނޑޮސް ރިސޯޓްގެ އިވެންޓެއް ތައްޔާރު ކުރުމުގެ މަސައްކަތުގައި އުޅުނިކޮށް މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު ރިފާއު(ޑިސޭ) ކުއްލި ގޮތަކަށް ރޭ މަރުވެއްޖެއެވެ.

ރިސޯޓުން ވާހަކަ ދެއްކި މީހަކު ބުނީ އުމުރުން 30 އަހަރުގެ ރިފާއު ވެއްޓުނީ މަސައްކަތެއް ކުރުމަށް ހަރުގަނޑަކަށް އަރާފައި ހުއްޓާކަމަށާއި އޭނާ ވެއްޓުނީ ފިޓް ޖެހިގެންކަމަށެވެ. ނަމަވެސް ފުރަތަމަ އޭނާ ކަރަންޓްގައި ޖެހުނީ ކަމަށް އަޑު ފެތުރުނެވެ. ނަމަވެސް އެކަން އެއްވެސް ފަރާތަކުން ކަށަވަރުކޮށްފައި ނުވެއެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ ރިފާއު ހޮސްޕިޓަލަށް ގެނައި އިރު ވެސް މަރުވެފައިވާ ކަމަށެވެ.

ރިފާއު މަޝްހޫރުވެފައިވަނީ މަޝްހޫރު ރެޕް އާޓިސްޓު، ޔެސީއާ އެކު ނެރުނު "މޮޅު ގޮތަކުން" މި ލަވައިންނެވެ.