Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ޗައިނާއިން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި

ޗައިނާ ހަނގުރާމަ މަތީ މަނަވަރުތައް އިންޑިޔާ ކަނޑުގެ ތެރެއަށް ވަދެފައިވާ ކަމަށް އިންޑިޔާއިން ބުނެފައިވަނިކޮށް ޗައިނާ އަސްކަރިއްޔާއިން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

ޗައިނާއިން ވަނީ އެގައުމުގެ ވައިގެ ދިފާއު ވަރުގަދަކޮށް، އިންޑިޔާގެ ހަމަލާއަކަށް ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ހާމަކޮށްފައެވެ. އިރުމަތީ ޗައިނާގައި ސަލާމަތީ ފިޔަވަޅުތައް އިތުރުކޮށް، ޗައިނާ އިން ބުނެފައިވަނީ އެއީ އިންޑިޔާގެ ނުރައްކަލުން ސަލާމަތް ވުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.

ޗައިނާ އަސްކަރިއްޔާގެ ހަނގުރާމަތީ ޖެޓުތައް އިންޑިޔާ ކައިރީ ފަރުބަދަ މަތިން އުދުހިފައި ދިޔަ ފޮޓޯތައް ޗައިނާ ސަރުކާރުގެ ގްލޯބަލް ޓައިމްސް ނޫހުން ވަނީ އާންމުކޮށްފައެވެ.

ޗައިނާއާ އިންޑިޔާއާ ދެމެދު މައްސަލަ ހޫނުވެފައިވާ މިދަނޑިވަޅުގައި ރާއްޖެއަށް އިންޑިޔާ ސިފައިން ފޮނުވުމުގެ ވާހަކަ ދެކެވެން ފެށުމުން ޗައިނާއިން ވަނީ ފާޅުގައި އެކަން ހުއްޓުވާނެ ކަމަށް ބުނެފައެވެ. އަދި އެއަށްފަހު ދިވެހި ސަރުކާރުން ވަނީ އިންޑިޔާ ސިފައިން ރާއްޖެ ނާންނާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ބުނެފައެވެ.