Last Updated: June 11, 06:23
Thursday, June 11, 2026
މުނިފޫހިފިލުވުން

"ކްރިޝް 3" ނޮވެމްބަރު 3 ގައި

ބައްޕަ ރާކޭޝް ރޯޝަން ޑައިރެކްޓްކޮށް، ދަރިފުޅު ރިތިކް ރޯޝަން ލީޑް ރޯލް ކުޅެފައިވާ ސްޕަހީރޯ ފިލްމް "ކްރިޝް 3" މި އަހަރުގެ ދިވާލީ އާ ދިމާކޮށް ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރިލީޒް ކުރާ ގޮތަށް ހަމަޖަައްސައިފި އެވެ.

މިކަން ރާކޭޝް ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ. "ކްރިޝް 3" ނޮވެމްބަރު 3 ގައި ރިލީޒް ކުރާ އިރު ފާހަގަ ކުރެވޭ ކަމަކީ އެއީ އާދީއްތަ ދުވަހަަކަށް ވުމެވެ. އިންޑިއާގައި އާންމުކޮށް ފިލްްމްތައް ރިލީޒް ކުރަނީ ހުކުރު ދުވަހު އެވެ.

"ނޮވެމްބަރު ތިން ވަނަ ދުވަހަކީ ބަރަކާތްތެރި ދުވަހަކަށްވާތީ އެ ދުވަހު ފިލްމް ރިލީޒް ކުރަން ނިންމާފައި މި ވަނީ،" ރާކޭޝް ބުންޏެވެ.

"ކްރިޝް 3" އަކީ ރާކޭޝް 2003 ވަނަ އަހަރު ރިތިކް އާއި ޕްރިތީ ޒިންތާ ހިމަަނައިގެން ގެނެސް ދިން "ކޮއި…މިލްގަޔާ" ގެ ސީކްއެލްގެ ގޮތުގައި ގެނެސް ދޭ ފިލްމެކެވެ. މީގެ ދެވަނަ ފިލްމް "ކްރިޝް 2" ގައި ރިތިކް އާ އެކު ފެނިގެން ގޮސްފައި ވަނީ ޕްރިޔަަންކާ ޗޯޕްޅާ އެވެ.

"ކްރިޝް 3" ގެ ބަތަލާއަކީ ވެސް ޕްރިޔަންކާ އެވެ. އަދި މި ފިލްމްގެ ނެގަޓިވް ރޯލްތަކުން ކަންގަނާ ރަނާވަތު އާއި ވިވެކް އޮބެރޯއީ ވެސް ފެނިގެން ދާނެ އެވެ.