ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮޑީގެ މައްސަލައިގެ އަޑުއެހުމެއް އަންނަ ހަފްތާގެ އަންގާރަ ދުވަހަށް ސްޕުރީމް ކޯޓުގައި ތާވަލް ކޮށްފިއެވެ.
އަންގާރަ ދުވަހު ހެނދުނު 10:45 އަދި 11:00 ޖަހާއިރަށް ދެ ދުސްތޫރީ މައްސަލައެއް ތާވަލްކޮށްފައިވާ ކަމަށް ސުޕުރީމް ކޯޓުގެ ވެބްފސައިޓްގައި ވެއެވެ. ނަމަވެސް ސައިޓުގައި އެއީ ކޮން ދެ މައްސަލައެއްކަން ބުނެފައި ނުވެއެވެ.
ނަމަވެސް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި އެ މައްސަލަތަކަކީ 12 މެމްބަރުންގެ ގޮޑީގެ މައްސަލާގައި ބަންޑާރަ ނައިބްގެ ފަރާތުން ހުށަހަޅުއްވާފައިވާ މައްސަލައެކެވެ.
ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރުގައި 12 މެމްބަރުންގެ ގޮޑި ނުގެއްލޭކަމަށް އަމުރުކޮށްފައިވާ އިރު މިދިޔަ ހޯމަ ދުވަހު ސުޕުރީމް ކޯޓުން ވަނީ ކުރީގެ އަމުރުގައިވާ މަޖްލިސް މެމްބަރުންގެ ގޮޑީގެ މައްސަލަ މަޑު ޖައްސާލަން ވަގުތީ އަމުރެއް ނެރެފައެވެ.