Last Updated: May 9, 02:20
Wednesday, May 8, 2024
ޚަބަރު

މެމްބަރު މުސްތަފާ މިރޭ ފުލުހަށް ހާޒިރުވުމަށް އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ މިރޭ 20:30 އަށް ފުލުހަށް ހާޒިރުވުމަށް އަންގައިފިއެވެ.

މުސްތަފާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެޓީވީގެ މައްސަލައާ ގުޅިގެން ފުލުހަށް ހާޒިރުވުމަށް ޗިޓް ލިބިފައިވާ ކަމަށާއި އެ މައްސަލާގައި ބަޔާންވެސް ދެއްވާ ނިންމާފައިވާ ކަމަށާއި އެއަށްފަހު ވެސް ފުލުހަށް ހާޒިރުކުރަނީ ކީއްކުރަންތޯ މުސްތަފާ ވަނީ ސުވާލު އުފައްދަވާފައެވެ.

މުސްތަފާ ފުލުހަށް ހާޒިރުވުމަށް ފޮނުވި ޗިޓްގައި މުސްތަފާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށް ބުނެފައިވަނީ 28 ޖުލައި 2017 ވަނަ ދުވަހު ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ރައްޔިތުން ނިކުމެ ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ މަޤާމުން ބޭރުކޮށް، ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށާއި އައިރު ޤާނޫނީ އަމަލެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށެވެ.

މުސްތަފާގެ މައްޗަށް ތުހުމަތުކުރާ އެ ވާހަކަތަކާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން މައްސަލަ ބަލައި ރާއްޖެ ޓީވީ ވަނީ ފަސް ލައްކަ ރުފިޔާ އިން ޖޫރިމަނާ ވެސް ކޮށްފައެވެ.