އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި އަހްމަދު އަލީ އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވައިފި އެވެ.
އަހްމަދު އަލީ އިސްތިއުފާ ދެއްވަން ނިންމެވި ސަބަބު އަދި ސާފެއް ނުވެއެވެ.
އަހްމަދު އަލީ އިސްތިއުފާ ދެއްވަން ހުށަހަޅުއްވާފައި ވާއިރު، އިލެކްޝަންސް ކޮމިޝަނުން ދަނީ ރިޔާސީ އިންތިހާބަށް ތައްްޔާރުވުމުގެ މަސައްކަތް ކުރަމުން ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ޤަވާއިދުގައިވާ ގޮތުން އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލް މަގާމުން އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވި ނަމަވެސް އޭނާއަށް މަގާމުން ވަކިވެވޭނީ ކޮމިޝަނުން އޭނާގެ އިސްތިއުފާ ގަބޫލުކުރުމުންނެވެ. އަދި ސެކްރެޓަރީ ޖެނަރަލް މަގާމުން އިސްތިއުފާ ދެެއްވާނަމަ މަދުވެގެން 30 ދުވަހުގެ ނޯޓިސް ދޭންޖެހެ ކަމަށްވެސް އެ ކޮމިޝަންގެ ޤަވާއިދުގައި ވެއެވެ.
އަހްމަދު އަލީ އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އެކޮމިޝަންގެ އެޗްއާރް ޑިޕާޓްމަންޓްގެ ވެރިޔަކަށް ހުންނަވަނިކޮށް ކޮމިޝަންގެ ވަޒީފާއިން ވަކިކުރުމަށްވެސް މީގެކުރިން ނިންމާފައިވެ އެވެ.
މީގެ އިތުރުން މިދިޔަ މަހުގެ 31 ވަނަ ދުވަހު އެ ކޮމިޝަނުގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި އަހުމަދު ސުލައިމާން ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.
އިދިކޮޅު ފަރާތްތަކުން ދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަނަށް ބޮޑެތި ފާޑު ކިއުންތަކެއް އަމާޒު ކުރަމުންނެވެ. އަދި މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ނިންމާފައިވާތީ އެ މައްސަލާގައި ވެސް އެކޮމިޝަނަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.