އައްޑޫގައި "ފުޓް އެންޑް މައުތު" ބަލި ފެތުރެމުންދާކަމުގެ އިންޒާރު ޕަބްލިކް ހެލްތުން ދީފިއެވެ.
ޕަބްލިކް ހެލްތުގެ އިސްއޮފިޝަލަކު މިއަދު ވިދާޅުވީ ބާރުމިނެއްގައި އައްޑޫގައި "ފުޓް އެންޑް މައުތު" ފެތުރެމުން އަންނަކަމަށެވެ. އަދި އެބަލިން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ޕަބްލިކް ހެލްތުން ވަނީ އިލްތިމާސް ކޮށްފައެވެ.
ޕަބްލިކް ހެލްތުން ބުނީ މިހާތަނަށް މިބަލި ޖެހިގެން މަރަދޫ ފޭދޫ ޕްރީ ސްކޫލް ކިޔެވުން ބަންދުކޮށްފައިވާ އިރު މިހާތަނަށް އެސްކޫލުން ފްސްކުދިންނަށް މިބަލި ޖެހިފައިވާކަމަށެވެ.
ޕަބްލިކް ހެލްތުން ބުނީ މި ބައްޔަކީ އަވަސް އަވަހަށް ފެތުރޭ ބައްޔަކަށް ވުމުން ބަލިން ސަލާމަތް ވުމުގެ ގޮތުން އާއްމު ސާފުތާހިރުކަމަށް އިސްކަން ދިނުމަށާއި ބަލި ޖެހިފައިވާ ކުދިން އެހެން ކުދިންނާއި ވަކިން ގެންގުޅުމަށެވެ.
މި ބަލި އާއްމުކޮށްޖެހެނީ 10 އަހަރުން ދަށުގެ ކުޑަކުދިންނަށެވެ.