Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

މިރޭގެ މުޒާހަރާ ބައިވެރިންނަށް މަހޭގެ ހަދިޔާއެއް!

މިރޭގެ މުޒާހަރާގައި ބައިވެރިވާ ފަރާތްތަކަށް ހާއްސަ ހަދިޔާއެއް ދެއްވާނެކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް(މަހޭ) ވިދާޅުވެއްޖެއެވެ.

މަހޭ މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

އިދިކޮޅު ފަރާތްތަކުން ފެބްރުއަރީ 1 ވަނަ ދުވަހުން ފެށިގެން ހުއްޓުމެއް ނެތި މުޒާހަރާ ކުރަމުން އަންނަ އިރު މީގެ ކުރިން މަހޭ ވަނީ މުޒާހަރާ ކަވަރު ކުރާ ނޫސްވެރިންނަށް މާސްކު ހަދިޔާ ކުރައްވާފައެވެ.

އިދިކޮޅު ހަރަކާތުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ މަހޭއަށް ދޭތެރެ ދޭތެރެއިން ފުލުސް އިދާރާއަށް ހާޒިރު ވުމަށް ޗިޓު ފޮނުވައެވެ. ނަމަވެސް މަހޭގެ މަސައްކަތަށް ކުޑަވެސް ބުރުލެއް ނާރައެވެ.

ކޮންމެ ރެއަކުވެސް ވަރަށް ޖޯޝާއި އެކު މުޒާހަރާގެ ބައިވެރިންނާ މުހާޠަބު ކުރައްވައި މި ވެރިކަން ނިންމާނެކަމުގެ ޔަގީންކަން މަހޭ ދަނީ ރައްޔިތުންނަށް ދެއްވަމުންނެވެ.