Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ޕީޕީއެމް ހަރަަކާތެއް އޮންނާނެކަމަށް ބުނެ އައްޑޫ ސްކޫލްތަކުގެ ވީކެންޑް ހަކަރާތް ކެންސަލް

ޕީޕީއެމްގެ ހަރަކާތެއް މިހަފްތާ ބަންދުގައި އޮންނާނެކަމަށް ބުނެ ހަފްތާ ބަންދަށް ރާވާފައިވާ ހަރަކާތްތައް ކެންސަލް ކުރުވައިފިއެވެ.

ސްކޫލްތަކުގެ ހަރަކާތް ކެންސަލް ކުރުމަށް އަންގާފައިވާ އިރު ޗާޓަރު ފްލައިޓްތަކުގައި ސަރުކާރުގެ އިސްވެރިން މިއަދުން ފެށިގެން އައްޑޫއަށް ދަނީ ވަޑައިގަންނަވަމުންނެވެ. އަދި ސަރުކާރު ކުންފުނި ތަކުގެ މުވައްޒަފުން ހާޒިރީ ބަލާ ގޮތަށް މާދަމާ ޕީޕީއެމްއިން ބާއްވާ ހަރަކާތަކަށް އައުމަށް ވަނީ އަންގާފައެވެ.

އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފް މިރޭ ވިދާޅުވީ ޕީޕީއެމް ހަރަކާތެއް ހަފްތާ ބަންދުގައި އޮންނާނެކަމަށް ބުނެ ސްކޫލްތަކުގެ ވީކެންޑް ހަރަކާތް އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެން ކެންސަލް ކޮށްފައިވާ ކަމަށެވެ. އެހެންވެ ސްކޫލްތައް ސިޔާސީ ނުކުރުމަށް ޔަސްރިފް ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށް ގޮވާލާފައެވެ.